14 Jan 2014, 13:00
އެފްއޭއެމްގެ ނައިބު ރައީސް ކަން މީގެ ކުރިން ކޮށްފައިވާ ހިޔަލީ މުހައްމަދު ރަޝީދު އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެލައިޑް އިންޝުއަރެންސްގެ ޗެއާމަން ކަމަށް ހަމަޖައްސައިފި އެވެ.
އެ މަގާމަށް ހަމަޖެއްސިކަން ހިޔަލީ މިއަދު ވަނީ ސަން އަށް ކަށަވަރު ކޮށްދެއްވަމުން ވިދާޅުވީ، އޮފީހަށް ވެސް މިހާރު ނިކުންނަން ފައްޓަވާފައިވާ ކަމަށެވެ.
"އަޅުގަނޑު މިހާރު އޮފީހަށް ނިކުންނަތާ ދުވަސްތަކެއްވެއްޖެ." ހިޔަލީ ވިދާޅުވި އެވެ.
ކްލަބް ވެލެންސިއާ ހިންގެވުމުގައި ފާއިތުވެ ދިޔަ 34 އަހަރު ހޭދަކުރައްވާފައިވާ ހިޔަލީ އައްޑުއަތޮޅުގެ ކުރީގެ މެމްބަރު ވެސްމެ އެވެ. އަދި އޭނާ ވާނީ ކުޅިވަރުގެ ގައުމީ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.