ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަލީ ޝަރީފް މާގަމުން ވަކިކުރައްވައިފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ޝަރީފް މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.

"ޝަރީފް މަގާމުން ވަކިކުރެއްވުމަށް ފަހު ރައީސް އޮފީހުން ވަނީ މިދިޔަ ހަފްތާގައި އެޗްޑީސީ އަށް އަންގާފައި،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ މަގާމުން ވަކިކުރިކަން އެއްވެސްގޮތަކަށް އޭނާ އަށް އަންގާފައިނުވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެޗްޑީސީގެ ޗެއާމަންކަމަށް އައްޔަން ކޮށްފައި ވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު އެވެ.