ރީތިރަށް ރިސޯޓްގެ މުވައްޒަފުންގެ ބަޔަކު މަސައްކަތަށް ނުނުކުމެ ކުރި ހަޅުތާލު ނިންމާލުމަށް ފަހު މިއަދު އަނބުރާ މަސައްކަތަށް ނުކުމެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން އެ ރިސޯޓުގެ ސްޓާފުންގެ ތެރެއިން ބަޔަކު މަސައްކަތް ހުއްޓާލުމަށް ފަހު، ހަޅުތާލުކުރީ މުވައްޒަފުންގެ މެދުގައި ތަފާތުކުރާ ކަމަށް ބުނެ އެވެ.

އެ ރިސޯޓުގެ ސްޓާފުންނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ މެނޭޖްމަންޓާ ބައްދަލުކުރަން މުވައްޒަފުން ބޭނުންވެގެން އެކަން ނުވުމުން އެއްވުން ބޭއްވި ކަމުގައި ވިޔަސް، މިހާރު މެނޭޖްމަންޓާ ބައްދަލުވެ މުވައްޒަފުންނާއި މެނޭޖްމަންޓާ ދޭތެރޭ ވާހަކަ ދެކެވި ހުރިހާ މުވައްޒަފުން ވެސް މިއަދު ވަނީ މަސައްކަތަށް ނުކުމެފަ އެވެ.

އެ ރިސޯޓްގައި ކުރި ހަޅުތާލާ ގުޅިގެން ފުލުހުންގެ އެސްއޯގެ ޓީމެއް ވެސް ފުލް ކިޓްގައި ވަނީ އެ ރަށަށް ގޮސްފަ އެވެ. ނަމަވެސް އެއްވުން ކުރިޔަށް ގެންދިޔައީ ސުލްހަވެރިކަމާ އެކުގައި ކަމަށް ވާތީ ފުލުހުން އެ ރަށަކަށް ނާރަ އެވެ.

އަދި އެކަމާ ގުޅިގެން އެ ރިސޯޓްގެ އެއްވެސް މުވައްޒަފަކު އަދި މެނޭޖްމަންޓްގެ އެއްވެސް ބޭފުޅެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ވެސް ނުވެ އެވެ.