މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެ އެވެ.

މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ރޮނާލްޑޯއަށް ލިބުނީ އޭނާއާ ވާދަކުރި އާޖެންޓީނާ އަދި ބާސެލޯނާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީގެ އިތުރުން ބަޔާން މިއުނިކުގެ ފްރާންސް ވިންގާ ފްރޭންކް ރިބެރީއާ ވާދަކޮށެވެ.
http://www.sun.mv/albums/l_22307.jpg
ރޮނާލްޑޯ މިރޭ ހޯދި ފީފާ ބެލޮންޑިއޯ އެވޯޑަކީ މީގެ ކުރިން ވޭތުވެދިޔަ ހަތަރު އަހަރު ޖެހިޖެހިގެން މެސީ ކާމިޔާބު ކުރި އެވޯޑެކެވެ. މިފަހަރު އެ އެވޯޑު ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ކުރިން ގަބޫލު ކުރީ ވެސް ރޮނާލްޑޯ އެވެ. އެ އެވޯޑު 2008 ވަނަ އަހަރު ވެސް ރޮނާލްޑޯ ހޯދި އެވެ.
http://www.sun.mv/albums/l_22306.jpg
ސްވިޒަލެންޑުގެ ޒިއުރިކުގައި މިރޭ ބޭއްވި ހަފްލާއެއްގައި ބެލޮންޑިއޯ އެވޯޑު ކާމިޔާބު ކުރި ކުޅުންތެރިޔާ އިއުލާން ކުރީ ބްރެޒިލްގެ ކުރީގެ ފުޓްބޯޅަ ތަރި ޕެލޭ އެވެ. އެވޯޑު ރޮނަލްޑޯއާ ހަވާލު ކުރީ ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ ފީފާގެ ރައީސް ޖޯޒެފް ސެޕް ބްލެޓާ އެވެ.

ބެލޮންޑިއޯ އެވޯޑު ލިބުމާއެކު ރޮނަލްޑޯގެ ލޮލުން ކަރުނަ ހިލި ވާހަކަދައްކަން ވެސް އުނދަގޫވި އެވެ. އޭނާ ބުނި ގޮތުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް އޭނާއަށް މިރޭ ލިބުނު ކާމިޔާބީގެ ސިއްރަކީ އޭނާގެ ފުޓްބޯޅަ ކްލަބާއި ގައުމީ ޓީމުގެ ހިތްވަރު ކަމަށެވެ.
http://www.sun.mv/albums/l_22308.jpg
ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ ގަދަ ތިނެއް ޝޯޓްލިސްޓް ކޮށްފައި ވަނީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ފްރާންސް ފުޓްބޯލް މެގަޒިން އިން ހޮވާލައިފައިވާ ނޫސްވެރިން ވޯޓު ދީގެންނެވެ.