13 Dec 2010, 07:30
ލ. ގަމުގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ތިން ކުދިންނާ އިތުރު ދެ މީހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ 10 ޖަހާއެހާކަންހާއިރު ހިނގި އެ ހާދިސާގައި އެ ކުއްޖާގެ ގައިގެ ހަތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އެ ރަށު ހަތަރު މީހުން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އެހެންނަމަވެސް އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވަ އެވެ.
ގަމު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ކުއްޖާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކުއްޖާގެ ބުރަކަށްޓަށާއި އަތަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.