އިޓާލިއަން ލީގުގައި ރޭ ސަސުއޮލޯ އަތުން 4-3 ލަނޑުން އޭސީ މިލާން ބަލިވުމާއި ގުޅިގެން އެކްލަބުގެ ކޯޗުކަމުގެ މަގާމުން މަސިމިލިއާނޯ އަލެގްރީ ވަކިކޮށްފި އެވެ.

މިލާންގެ ކޯޗް ކަމުގެ މަގާމުން އަލެގްރީ ވަކިކޮށްފައިވާކަމަށް ބުނެ، އެކުލަބުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މި ސީޒަންގައި މިލާންގެ ފަރާތުން ރަނގަޅު ނަތީޖާއެއް ފެންނަމުން ނުދާތީވެ އަލެގްރީ މިހާރު ވަނީ މަގާމުން ވަކިކޮށްފައި ކަމަށެވެ. އަދި ފާއިތުވި ދުވަސް ތަކުގައި އަލެގްރީ ކުލަބަށް ކޮށްދިން ހިދުމަތައް ޓަކައި ޝުކުރު އަދާ ކުރާކަމަށް ވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

މިސީޒަން ނިމުމަށްފަހު މިލާންގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވާނެކަމަށް މީގެ ކުރިން އެލެގްރީ ވަނީ ނިންމާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިލާނުގެ ކޯޗް ކަމުން އެލްގްރީ ވަކިކުރުމާ ގުޅިގެން ވަގުތީ ގޮތުން އެކުލަބުގެ ހެޑް ކޯޗް ކަމާ މިހާރު ހަވާލުވެ ހުރީ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި މައުރޯ ޓަސޮޓީ އެވެ.

އިޓާލިއަން ސެރީއާގައި މިލާން މިވަގުތު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 19 މެޗާއެކު 22 ޕޮއިންޓު ލިބިގެން 11 ވަނަ މަގާމް ގައެވެ.