ބަނގުރާ ހުސްކުރި ފުޅިތަކަކާ މަސްތުވާތަކެއްޗާއެކު ގަލޮޅު ގެއަކުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިއަދު ހެނދުނު 8:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ގ. މާސްކުގެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެގެއިން ބަނގުރާ ހުސް ކުރި 44 ފުޅި ފެނިފައިވާއިރު، މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓަކާއި މަސްތުވާތަކެތި ހުސްކުރި ފަސް ޕެކެޓް ވެސް ފެނިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހަކު އެގެއިން ވަނީ ހައްޔަރުކޮށްފަ އެވެ.