މިއަހަރު ފަށާ ވޯލްޑް ކަޕްގައި ޖަރުމަން ގައުމީ ޓީމް ސްކޮޑުން ޖާގައެއް ހޯދަން މަސައްކަތްކުރާނެ ކަމަށް ލާޒިއޯގެ ތަޖުރިބާކާރު ފޯވާޑް މިރޮސްލާވް ކޮލޯސޭ ބުނެފި އެވެ.

ޖަރުމަން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ދެ ކުޅުންތެރިންގެ ތެރެއިން ކްލޯސޭ އަކީ އޭގެ ތެރެއިން އެއް ކުޅުންތެރިޔާ އެވެ. ކްލޯސޭ އާއި ގާޑް މުލާ ވަނީ ޖަރުމަން ޓީމަށް 68 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

"އަހަރެން އެއްގޮތަކަށް ވެސް ހިލޭ ދަތުރެއް ބޭނުމެއް ނޫން. އެގޮތުން ކޯޗެއްވެސް ޓީމުން ހިލޭ ޖާގައެއް ނުދޭނެ. ކޮންމެ ކުޅުންތެރިއެއް ވެސް ޖެހޭނީ ގައުމީ ޓީމުން ޖާގައެއް ހޯދުމަށް މަސައްކަތްކުރަން." އުމުރުން 35 އަހަރުގެ ކޮލޯސޭ ބުންޏެވެ. "ކިތަންމެ ވޯލްޑް ކަޕެއް ކުޅުނަސް އަހަރެން މިފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަން ގައުމީ ޓީމުން ޖާގަ ހޯދަން މަސައްކަތްކުރާނަން."

ގައުމީ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ކްލޯސޭ އަކީ ކުރިން ބަޔާން މިއުނިކްގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.

ބަޔާން ދޫކޮށް 2011 ވަނަ އަހަރުން ފެށިގެން ކްލޯސޭ ދަނީ ލާޒިއޯ އަށް ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.