ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި އެވެ.

އެއީ ތ. ގުރައިދޫ މެދުގޭ މުޙަންމަދު އިބްރާހީމް މަނިކާއި ގދ. މަޑަވެލީ ގަހާ އަޙްމަދު މުނައްވަރެވެ.

އިބްރާހީމް މަނިކު މިހާތަނަށް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ނައިބު ކަމުގެ މަޤާމުގަ އެވެ.

އަޙްމަދު މުނައްވަރަކީ، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ރޮނގުން ބެޗްލަސް ޑިގްރީ އަދި އޮސްޓްރޭލިއާގެ މެކްކުއަރީ ޔުނިވަސިޓީން އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ރޮނގުން (މޭޖަރ އިން މަނިޓަރީ އިކޮނޮމިކްސް) މާސްޓާސް ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި 10 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވައިފަ އެވެ.