12 Jan 2014, 11:15
ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާފަންނު ގެއަކުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި 23 އަހަރުގެ މީހާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރަމުންދާ ބޮޑެއް ކަމަށެވެ.
ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އެމީހާ އަތުލައިގަނެފައިވަނީ މިއަދު ހެނދުނު 08:20 ހާއިރު މ. ވޫޑްޕެކާ ގެއިން ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެމީހާއާއެކު އެގޭގެ ތެރެއިން ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.