ރޯޝަނީ ބިލްޑިންގ ކައިރީ ހުންނަ ހ. ލޭޑީބާޑް ގޭގައި ނިދާފައި ތިބި ދެ އަންހެން ކުއްޖަކަށް ބަޔަކު މީހުން ގޮސް ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު 6:07 ހާއިރު މޫނުނިވާކޮށްގެން ތިބި ދެ މީހަކު އެ ދެ ކުދީން ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ ހަމަލާދިނުމަށް ފަހު އެ ދެ ކުދީންގެ ފޯނާއި ލެޕްޓޮޕްފަދަ ތަކެތި ފޭރިގެންފައިވާ ކަމަށެވެ.

ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވެފައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ މީހެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަނިޔާ ލިބުނު ދެ ކުދީންނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.