11 Jan 2014, 09:54
ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ 49 ވަނަ ޤައުމީ ކްރިކެޓް މުބާރާތުގެ ތިންވަނަ މެޗުގެ ފުރަތަމަ ދުވަހުގެ ކުޅުން ނިންމާލި އިރު މާލޭ ސްޕޯޓްސް ކްލަބް ކުރިހޯދައިފި އެވެ.
ކުޅިވަރު އެކުއެނީ އެއްނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މިމެޗުގައި ގުރުދިމާވުމުން ވެސްޓް ސްޕޯޓްސް ކްލަބް ގަސްދުކުރީ ކުޅުމަށެވެ. ކުޅެންއަރާ 37.3 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 90 ލަނޑެވެ. އަދި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 41 ލަނޑުހެދި ޕްރަދީޕްއާއި 18 ލަނޑުހެދި ސަފްރާޒް ޖަލީލް އެވެ.
އިއްޔެ މެޗުގައި މާލޭ ސްޕޯޓްސް ކްލަބުން އެންމެ ރަނގަޅަށް އުކީ ހަތް އޯވަރު 17 ލަނޑަށް ހަތް ވިކެޓްނެގި އަހްމަދު ހަސަންއާއި ހަތް އޯވަރު 10 ލަނޑަށް ދެ ވިކެޓްނެގި އަހްމަދު ސަލްމާން ޒަކީ އެވެ.
މާލޭ ސްޕޯޓްސް ކްލަބް ކުޅެންއަރާ 60 އޯވަރުގެތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 299 ލަނޑުހަދާފަ އެވެ. އެންމެ ރަގަޅަށް ކުޅުނީ 104 ލަނޑުހެދި މުހަންމަދު ރިސްވާންއާއި 86 ލަނޑުހެދި އަހްމަދު ހަސަންއާއި 68 ލަނޑުހެދި މިހުސާން ހާމިދު އެވެ. އަދި ވެސްޓް ސްޕޯޓްސް ކްލަބުން އާދަމް ނާސިފް 10 އޯވަރު 55 ލަނޑަށް 3ން ވިކެޓްއަދި އަލީ ސުނާން 12 އޯވަރު 37 ލަނޑަށް ދެ ވިކެޓްނެގި އެވެ.
މިމުބާރާތުގައި މިއަދު ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.