12 Dec 2010, 21:40
2:40
ޖަމާލުއްދީން ސްކޫލް ކައިރީގައި ދާދިދެންމެއަކު މީހެއްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
އެ ސަރަހައްދުގައި ހުރި ސަންގެ ނޫސް ވެރިޔާ، މަންޒަރު ދުށް މީހުންނާ ހަވާލާދީ ބުނީ ޖަމާލުއްދީން ބުރު ކައިރީގައި ވަޅި ހަރާފައި ވަނީ ހަ މީހުންގެ ގްރޫޕަކުން ވަޅިތަކެއް ހިފައިގެން ސައިކަލް ގައި ގޮސް ކަމަށެވެ. އަދި އޭގެން ކޮންމެ މީހެއްގެ އަތުގައި ވަޅި އެއް އޮތް ކަމަށް ވެސް މަންޒަރުދުށް މީހުންނާ ހަވާލީ ދީ އޭނާ ބުންޏެވެ.
ވަޅި ހަރާފައި ވަނީ އެ ޒުވާނާގެ މެޔަށް ކަމަށް ވެސް މަންޒަރު ދުށް މީހުންނާ ހަވާލާދީ ސަންގެ ނޫސް ވެރިޔާ ބުންޏެވެ.
ވަޅި ހެރުމުގެ ސަބަބުން ޒަހަމްވެފައި ޒުވާނާ އާއި ވަޅި ހެރި މީހުން ވެސް މި ހާދިސާއަށް ފަހު ވަނީ ފިލާފައެވެ. ފުލުހުންގެ އެ ސަރަހައްދުގައި އަދިވެސް އެބަތިއްބެވެ.
އެ މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއްނުވެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްވި ޒުވާނާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
(ތަފުސީލު އަންނަނީ)