10 Jan 2014, 13:57
މިފެށޭ ހަފްތާގެ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ސާދަ ޖެނުއަރީވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ބާއްވަން ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ދެބިލުގެ އިބްތިދާއީ ބަހުސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އަންގާރަ ދުވަހު މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ގަސްދުކުރައްވާކަން އަންގަވައި، އެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ މެމްބަރުންނަށް މިހާރު ފޮނުވަމުންދާ ކަމަށް އިދާރާ އިން ބުނެ އެވެ.