14:30


ފަލަސްތީނުގެ ޖެރޫސަލަމްގައި އަލަށް ޔަހޫދީގެ ގެތައް އާބާދު ކުރުމަށް ނިންމާފައިވާ ނިންމުން އިސްރާއީލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ދިފާއުކުރައްވައިފި އެވެ. 


ގެތައް އާބާދުކުރުމުގެ މައްސަލަ ނަތަންޔާހޫ ދިފާއުކުރައްވައި ވާހަކަފުޅު ދައްކަވާފައި ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ވައިޓް ހައުސްގައި ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކުގަ އެވެ. މި ބައްދަލު ކުރެއްވުމުގައި ޔަހޫދީ ބޮޑުވަޒީރު ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ބިނާ ކުރުމަކީ އިސްރާއީލަށް ލިބިގެންވާ ހައްގެއް ކަމަށެވެ. ފަލަސްތީނުގެ ބިމުގައި ޔަހޫދީ އާބާދީތައް އިތުރުކުރުމަށް އިސްރާއީލުން ނިންމާފައިވާ ނިންމުން އ.ދ އާއި ޔޫރަޕްގެ އިއްތިހާދުން ވަނީ ކުށްވެރިކުރައްވާފަ އެވެ. މިކަމާ ގުޅިގެން އިސްލާމީ ޤައުމުތައް ހިމެނޭ އޯއައިސީން ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.