ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓު ދެވޭނީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމް ޕާޓީގެ އޮފީހަށް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ފަރާތްތަކަށް ވޯޓު ދިނުމަށް ބޭނުންވާ މީހުން މި މަހުގެ 15ވާ ބުދަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ޕާޓީގެ މައި އޮފީހަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވޭތޯ ބެލުމަށް ޕީޕީއެމްގެ އޮފީހުގެ ނަންބަރު 3303838 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީގެ އޮފީސް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 5:30އާ ހަމައަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޯވުމަށް ބާއްވާ ޕްރައިމަރީ އޮންނާނެ ތާރީޚެއް އަދި އެ ޕާޓީން އިއުލާންކޮށްފައެއް ނުވެއެވެ.