ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަލުން އެކުލަވާލައްވައިފި އެވެ.

ރައީސް ޔާމިން މިއަދު އެކުލަވާލެއްވި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލްގައި 14 ބޭފުޅަކު ހިމެނިވަޑައިގަންނަވާ އިރު، އެކައުންސިލްގެ ރައީސަކީ، މަގާމުގެ ހައިސިއްޔަތުން މިނިސްޓަރު އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދެވެ. އަދި ނާއިބު ރައީސަކަށް ހަމަޖެއްސެވީ ސަލާޙް ޝިހާބެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ 14 ބޭފުޅުންނަކީ އިކޮނޮމިކް މިނިސްޓާ މުހައްމަދު ސައީދު އާއި ފިޝަރީޒް މިނިސްޓާ މުހައްމަދު ޝައިނީ އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފިނޭސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީޙު ޖަމީލާއި އަންހެން ވިޔަފާރިވެރިންގެ ދާއިރާ އިން ސ. މަރަދޫ ސިލްވަރވިލާ، ޖުވައިރިއްޔާ ވަޖުދީ އާއި މަސްވެރިކަމުގެ ދާއިރާއިން ދަފްތަރު ނަންބަރު 1829 މުހައްމަދު ވަސީމް އިސްމާއީލް އާއި ދަނޑުވެރިކަމުގެ ދާއިރާ އިން މ. އާބަގީޗާ ސަލާޙް ޝިހާބު އާއި ފަތުރުވެރިކަމުގެ ދާއިރާއިން ހަނދުވަރުދޭގެ، ޏ. ފުވައްމުލައް، ދިގުވާނޑު އިސްމާއީލް ފަސީހު އާއި މައުލޫމާތާއި މުވާސަލާތުގެ ދާއިރާ އިން ސ. ހިތަދޫ ނަސީމީމަންޒިލް، ރަފީއުއްދީން ނަސީމް އާއި ތިމާވެށީގެ ދާއިރާއިން މ. މަތިދޫ ލުބްނާ މޫސާ އާއި އިމާރާތްކުރުމުގެ ދާއިރާއިން ގ. ގަލޮޅުފެހި އަބްދުﷲ މުހައްމަދާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސާ ފާތިމަތު ޝަފީގާ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދެވެ.