09 Jan 2014, 16:21
ހުޅުމާލޭގައި ޓެކްސީ ދުއްވާ ޑްރައިވަރުން އިސްނަގައިގެން "ހުޅުމާލޭ ޑްރައިވާސް އެސޯސިއޭޝަން"ގެ ނަމުގައި ޓެކްސީ ސެންޓަރެއް ހުޅުވައިފި އެވެ.
ހުޅުމާލޭ ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، މިއީ ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށި ފަހުން މިހާތަނަށް ހުޅުވުނު ފުރަތަމަ ޓެކްސީ ސެންޓަރު ކަމަށާއި މިސެންޓަރުގެ ދަށުން 14 ޓެކްސީ އަކުން މިހާރު ވެސް ހިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި ސެންޓަރު ހުޅުވުމަށް ކުރެވުނު މަސައްކަތުގައި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ބޮޑު އެއްބާރު ލުމެއް ލިބުނު ކަމަށް ވަހީދު ވިދާޅުވި އެވެ.
"މިއީ ހުޅުމާލޭގައި އަލަށް ހުޅުވުނު ޓެކްސީ ސެންޓަރެއް. މިސެންޓަރުގެ ދަށުން 14 ޓެކްސީއަކުން ހިދުމަތް ދެމުންދޭ. މިސެންޓަރު ހުޅުވުމުން ހުޅުމާލެއަށް އަންނަ މީހުންނާއި ދިރިއުޅޭ މީހުންނަށް ހިދުމަތް ހޯދަން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ، ޓެކްސީ ބޭނުންވާ ނަމަ 3352020 އަށް ގުޅާލުމުން ހިދުމަތް ލިބޭނެ ކަމަށެވެ.
ހުޅުމާލޭގައި އަދި މިވީހާތަނަށް ޖުމްލަ އޮންނަނީ އެންމެ 20 ޓެކްސީ އެވެ.