އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ފަސް ސިޔާސީ ޕާޓީއެއްގެ އޮފީސް ހުންނަތައް ހޯދުމަށް އިލެކްޝަންސް ކޮމިޝަން އިން އިއުލާން ކޮށްފި އެވެ.

ޕާޓީގެ އޮފީސް ހުޅުވާފައި ނެތުމުގެ ސަބަބުން އޮފީސް ހުންނަތަން ހޯދުމަށް އިއުލާން ކޮށްފައިވާ ފަސް ސިޔާސީ ޕާޓީއަކީ ޕީޕަލްސް އެލެޔެންސް، އާއި މޯލްޑިވްސް ރިފޯމް މޫވްމެންޓާއި ސޯޝަލް ލިބަރަލް ޕާޓީ އާއި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި މޯލްޑިވްސް ލޭބާ ޕާޓީ އަދި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އެވެ.

އިލެކްޝަންސް ކޮމިޝަން އެ ފަސް ސިޔާސީ ޕާޓީގެ އޮފީސް ހޯދުމަށް އިއުލާން ކޮށްފައި މިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ޖޫރިމަނާ ކުރި ކަމުގެ ލިޔުން ހަވާލު ކުރުމަށް އެ ކޮމިޝަން ކުރި މަސައްކަތުން އެ ޕާޓީ ތަކުގެ އޮފީސް ހުންނަތަން އެނގިފައި ނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަން އިން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ އެ ފަސް ސިޔާސީ ޕާޓީގެ އޮފީސް ހުޅުވާފައި ނުވާތީ އާއި އަދި އޮފީސް ހުންނަތަން ކޮމިޝަން އެގިފައި ނުވާތީ އެ ޕާޓީތަކަށް ކޮމިޝަން އިން ހަވާލު ކުރަން ޖެހޭ ލިޔުމާއި އެ ފަސް ސިޔާސީ ޕާޓީ އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެވީ އެންމެ އަވަހަކަށް ލިޔުމާއި ހަވާލު ވުމަށެވެ.

އޮފީސް ހުންނަތަން ނޭނގި ގެންނާއި އޮފީސް ހުޅުވާފައި ނުވާތީ ހޯދުމަށް އިއުލާން ކޮށްފައިވާ ފަސް ސިޔާސީ ޕާޓީ އަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން މެންބަރުން ތިބެން ޖެހޭ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން އުވާލަން ނިންމާފައިވާ ފަސް ޕާޓީ އެވެ.