ފުލުހުންގެ އަޕާސައުތު ޑިވިޝަންގެ ކޮމާންޑަރު އަހްމަދު ޝިޔާމް ސަސްޕެންޑުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝިޔާމް ސަސްޕެންޑުކޮށްފައި ވަނީ އިއްޔެއިން ފެށިގެން ކަމަށެވެ.

އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

"ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޝިޔާމް ސަސްޕެންޑުކޮށްފައި ވަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޝިޔާމަކީ މީގެކުރިން ފުލުހުންގެ މީޑިއާ އޮފިޝަލްގެ މާގަމްވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ފުލުހުންގެ މާލޭ އޭރިއާ ކޮމާންޑަރުކަން ވެސް ކުރައްވާފަ އެވެ.