އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިންމި، މަޑުއްވަރީ ލިލީމާގެ އާދަމް ޝިހާމްގެ ނަން އަނބުރާ ގެންދެވުމުން ޕްރައިމަރީއަކާ ނުލައި އެ ގޮނޑިއަށް ވާދަ ކުރެއްވުމުގެ ފުރުސަތު، މިހާރު ވެސް އެ ގޮނޑީގައި އިންނެވި ވިސާމު އަލީ އަށް ލިބިއްޖެ އެވެ.

އެމްޑީޕީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އާދަމް ޝިހާމްގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި ދެން އެ ގޮނޑިއަށް ޕްރައިމަރީއަކާ ނުލައި ވާދަކުރައްވާނީ ހެންވޭރު އާޒާދުވާދީ ވިސާމް އަލީ ކަމަށެވެ.

ޝިހާމްގެ ނަން އަނބުރާ ގެންދިޔަ ސަބަބެއް އެމްޑީއަކުން ނުބުނެ އެވެ.