ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ މެމްބަރުން އައްޔަން ކުރެއްވުމާ ގުޅިގެން މައްސަލަތައް ބަލަން ފަށައިފި އެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލަތައް އަލުން ބަލަން ފަށާފައި މިވަނީ އެ ޓްރައިބިއުނަލުން ހުސްވެފައިވާ ހަތަރު މަގާމަށް އިއްޔެ ރައީސް މެމްބަރުން އައްޔަން ކުރުމާ ގުޅިގެންނެވެ.

ޓްރައިބިއުނަލުން ބުނީ މެމްބަރުން އައްޔަން ކުރުމާ ގުޅިގެން ޓްރައިބިއުނަލުން ބަލަމުން އައި މައްސަލަތަކުގެ ތެރެއިން މެމްބަރުން ނެތުމުން ހުއްޓިފައިވާ މައްސަލަތަކާއި އަލަށް ހުށަހަޅާ މައްސަލަތައް ވެސް ބަލަން ފަށާފައިވާ ކަމަށެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ހިމެނޭ ހަތް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ދައުރު ހަމަވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 އިން ފެށިގެން ނެވެ.