08 Jan 2014, 16:18
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ވިޕްލައިންއާ ހިލާފަށް ވޯޓް ދެއްވި މެންބަރުންގެ މައްސަލަ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އަށް ފޮނުވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ 15 ވަޒީރުންނަށް ރުހުން ދިނުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިން އާ ހިލާފަށް ވޯޓް ދެއްވާފައި ވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމާއި ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ އާއި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއާއި އަދި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އެވެ.
"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިންއާ ހިލާފަށް މަޖިލީހުގައި ވޯޓް ދެއްވި ހަ މެންބަރުންގެ މައްސަލަ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އަށް ފޮނުވީ މިއަދު ކަމަށެވެ.
"ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިންއާ ހިލާފަށް ވޯޓް ދެއްވި ހަ މެންބަރުން މައްސަލަ މިއަދު ވަނީ އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީ އަށް ފޮނުވާފައި،" މޫސަ ވިދާޅުވި އެވެ.
މޫސާ ވިދާޅުވީ އެ ހަ މެންބަރުންގެ މައްސަލަ ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީ އަށް ފޮނުވާފައި ވަނީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެދުގައި މަޝްވާ ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދަން ހަވާލު ކުރީ ޕާޓީގެ ޗެއާޕަސަން އާ ކަމަށް މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕްލައިން އާ ހިލާފަށް ވޯޓް ދެއްވި ހަ މެންބަރުންގެ މައްސަލަ ފިޔަވަޅުއަޅު އަޅާ ކޮމެޓީ އަށް ފޮނުވާފައި ވަނީ ޕާޓީގެ ލީޑާޝިޕާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
މޫސާ މަނިކު ވިދާޅުވީ ޕާޓީގެ މެންބަރުންގެ މައްސަލައެއް ފިޔަވަޅުއަޅާ ކޮމެޓީ އަށް ފޮނުވީ އަލަށް ނޫން ކަމަށާއި އެ ކަމަމަކީ އަބަދު ވެސް އެ ޕާޓީން ކުރާ ކަމެއް ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ އެ ހަ މެންބަރުންގެ މައްސަލަ ފިޔަވަޅު އަޅާ ކޮމެޓީ އަށް ފޮނުވުމަކީ އޭގެ ސަބަބުން ޕާޓީގެ ތެރޭގައި އެއްވެސް މައްސަލައެއް އުފެދޭނެ ކަމެއް ނޫން ކަމަށާއި އަދި އޭގެ ސަބަބުން މިހާރު އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި އެއްވެސް މެންބަރެއް ޕާޓީ ދޫކޮށް ހިނގައިދާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މޫސަ އެހެން ވިދާޅުވިއިރު ރައީސް ޔާމީންގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ފަހު ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވަނީ ހަމަ އެދުވަހު ޕީޕީއެމް އަށް ސޮއި ކުރައްވާފަ އެވެ.