މިދިޔަ ނޮވެމްބަރު މަހު ކ. ދިއްފުށީ ސްކޫކްގައި ރޯވެ، އެ ސްކޫލުގެ ކޮމްޕިއުޓާ ލެބް ބޭނުންނުކުރެވޭ ވަރަށް ހަލާކުވުމާ ގުޅިގެން އެ ސްކޫލަށް 10 ކޮމްޕިއުޓަރު ސިސްޓަމާއި ދެ ޕްރިންޓަރު ޗައިނާ ސަރުކާރުން ހަދިޔާކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ އެ ތަކެތި އެ ސްކޫލަށް ހަދިޔާ ކުރެއްވީ ޗައިނާ އިން ރާއްޖެ އަށް ކަނޑައެޅުއްވި މރ. ވަންގް ފުކާންގް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާ މިއަދު އެޑިޔުކޭޝަން މިނިސްޓްރީގައި ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ.

މިއަދުގެ ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ދަރިވަރުންނަށް ޗައިނާ ބަސް ކިޔަވަދިނުމާއި އަދި ދެ ގައުމުގެ ސަގާފަތްކުރިއެރުވުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެވި ކަމަށް ވެސް އެޑިޔުކޭޝަނުން ބުންޏެވެ.