08 Jan 2014, 14:11
ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ޓަކައި ފުލުހުންނާއި ޒުވާނުންގެ ގުޅުމަކީ ވަރަށް މުހިންމު ގުޅުމެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވެއްޖެ އެވެ.
ފޭދޫ ފިނޮޅުގައި ފުލުހުން ހިންގާ "ބްލޫޒް ފޮ ޔޫތު" ކޭމްޕްގެ ބައިވެރިންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ ކޮންމެ ޒުވާނަކީ ވެސް މައިންބަފައިންގެ ބަސްއަހައި ކިޔަމަންތެރި ކުދި ބަޔަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮންމެ ޒުވާނަކު ވެސް ގައުމަށް ފައިދާ ހުރި ގައުމަށް ވަފާތެރި އަދި ބޭނުން ހިފޭ މީހަކަށް ވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އިސްނަންގަވައިގެން ޒުވާނުންނަށާއި ފުރާވަރުގެ ކުދިންނަށް ހާއްސަކޮށް ކުރިޔަށް ގެންދާ އެ ކޭމްޕްގައި ކޮމިޝަނަރު ވަނީ ކޭމްޕްގެ ބައިވެރިންނަށް ހާއްސަ ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވާފަ އެވެ. އެ ފަރިއްކޮޅުގައި ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި މޯލްޑިވްސް ޕޮލިސް ސަވިސްގެ ސީނިއާ އޮފިސަރުންނާއި ބައެއް ފުލުހުން ވެސް ބައިވެރިވެފައިވެ އެވެ.
އެ ކޭމްޕް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.