ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަތީ ތައުލީމާބެހޭ މަޖިލިސް އަލުން އެކުލަވާލައްވައިފިއެވެ.

މަތީތައުލީމާ ބެހޭ މަޖިލީހުގެ ރައީސަކަށް ހަމަޖެއްސެވީ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދެވެ.

އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް އާއި ހެލްތު މިނިސްޓަރު ޑރ. މަރްޔަމް ޝަކީލާ އާއި ޔޫތުމިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އެންވާރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީސައީދާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިނާއި ވިލާ ކޮލެޖުގެ ރެކްޓަރ އަހްމަދު އަންވަރާއި ޑރ. ސިމާދު ސައީދާއި ޑރ. އިބްރާހީމް ހަސަނާއި އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބް އަޒުލީން މުހައްމަދުގެ އިތުރުން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު އާމިރާ އެވެ.