އާއިލާ އަށް ފިލައިގެން އުޅުނު އަންހެން ކުއްޖާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުންދިޔައީ ކ. ތުލުސްދޫ، ބިޖިލީއުފާ، އައިޝަތު ރޫނާ، 17، އެވެ.

އެ ކުއްޖާ ފެނިފައި ވަނީ އިއްޔެ ހަވީރު 5:30 ހާއިރު އެވެ. ނަމަވެސް އެ ކުއްޖާ ފެނިފައި ވަނީ ކޮންތާކު ހުއްޓައި ކަމެއް ފުލުހުން ނުބުނެ އެވެ.

އައިޝަތު ރޫނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އާދިއްތަ ދުވަހުގެރެ އެވެ. އަދި އާއިލާ އަށް އެކުއްޖާ ފިލާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުރާވަރުގެ ކުދިން ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.