މިނިސްޓަރު އޮފް ސްޓޭޓް ފޮ ހެލްތު އެންޑް ޖެންޑާ ކަމުގެ މަގާމަށް އައްޑު އަތޮޅު މީދޫ ނަރުގިސް ޙުސައިން ރަޝީދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަނު ކުރައްވައިފި އެވެ.

ހުސައިން ރަޝީދަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޖެންޑާ މިނިސްޓްރީ އުވާލެއްވި އިރު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ހުންނެވީ ވެސް ހުސައިން ރަޝީދެވެ. އޭނާ ވަނީ ހެލްތު ކެއާ މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވައިފަ އެވެ.