07 Jan 2014, 20:07
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ނައިބު ކަމުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ފިޝަރީޒް މިނިސްޓަރުގެ ނައިބުކަން ދެއްވީ މާލޭ ދަފްތަރު ނަންބަރު 6895 ޚޫރުޝީދު ތައުފީޤާއި މ. ރެވިނަލަ މުޙައްމަދު ޝަރީފަށެވެ.
އެ ދެ ބޭފުޅުންނަށް ފިޝަރީޒް މިނިސްޓްރީގެ ނައިބުކަން ދެއްވިއިރު، އެ މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުންނާއި ނައިބަކު މިހާރު ހުންނަވަ އެވެ.