07 Jan 2014, 19:51
ލ. ދަނބިދޫގައި އަނބިމީހާއަށާއި ދަރިންނަށް އަނިޔާ ކުރި ކަމުގެ ތުހުމަތުގައި ބައްޕަޔަކު ހައްޔަރުކޮށް، އަނިޔާ ލިބުނު ކަމަށް ބުނާ އާއިލާއަށް ހެލްތު އެންޑް ޖެންޑާ މިނިސްޓްރީން ހިމާޔަތް ދީފި އެވެ.
ފުލުހުން ބުނީ ދަނބިދޫ ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުން ލ. އިސްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ގެވެށި އަނިޔާކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަނބިމީހާއަށާއި ދަރިންނަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށް އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅި އިއްޔެ ހެނދުނު އެވެ. ފުލުހުން ވަނީ އެ މައްސަލަ ހުށަހެޅުމާއެކު ކޯޓު އަމަރެއް ހޯދައިގެން ރޭ އިރާކޮޅު ދަނބިދޫ މަގުމަތިން އޭނާ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އަލިޔާ ލިބުނު ކަމަށް ބުނާ އާއިލާގެ މެމްބަރުން މިހާރު ތިބީ ހެލްތު އެންޑް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެދަށުގައި ކަމަށެވެ.