07 Jan 2014, 18:44
އާއިލާއަށް ފިލައިގެން އުޅޭ ކ. ތުލުސްދޫ ފުރާވަރު އަންހެން ކުއްޖަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ އާއިލާއަށް ފިލައިގެން އުޅޭ ކަމަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ހޯދަމުން ދަނީ ތުލުސްދޫ، ބިޖިލީއުފާ، އައިޝަތު ރޫނާ، 17، ކަމަށެވެ.
ރޫނާ އާއިލާއަށް ފިލާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ރޫނާއަކީ ލޮލުގެ ކަޅި ކަޅު، ބުރުގާ އަޅައިގެން އުޅޭ ރޫފަ އާދައިގެ ވަރަކަށް ހުންނަ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
ރޫނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަމްބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9790163 އަށް ގުޅުއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.