10:00


ކޯރަމް ހަމަވާރަށް މެންބަރުން ހާޒިރުވެވަޑައިގެންފައި ނުވުމުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ އަށް ވަޑައިގެންނެވީ 18 މެންބަރުންނެވެ.އަދި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނީ ރިޔާސަތުގައި އިންނަވާ ބޭފުޅަކާއެކު 20 މެންބަރުން ހަމަވެގެން ކަމަށް މަޖިލީހުގެ ގަވާއިދުގައިވެ އެވެ.


އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލެއްވީ މަޖިލީހުގެ ތެރޭގައި މަސްލަހަތު ގޯސްވެ މެންބަރންގެ މެދުގައި ހަމަނުޖެހުން އުފެދުމާ ގުޅިގެންނެވެ.