07 Jan 2014, 14:03
މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 2463 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އިލެކްޝަސް ކޮމިޝަން އިން ބުނެފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރަށު ކައުންސިލަށް 2147 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށެވެ. އަދި އަތޮޅު ކައިންސިލަށް 275 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި 2463 ކެންޑިޑޭޓުން ވާދަ ކުރޭ. އެއީ ރަށު ކައުންސިލަށް ވާދަ ކުރާ 2167 ކެންޑިޑޭޓުން. އަދި އަތޮޅު ކައުންސިލަށް ވާދަ ކުރާ 275 ކެންޑިޑޭޓުން. އަދި ސިޓީ ކައުންސިލަށް 41 ކެންޑިޑޭޓުން ވާދަކުރާނެ." އޮފިޝަލް ވިދާޅުވި އެވެ.
މި ފަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 132 ކައުންސިލަރުން އިންތިހާބުކުރާ އިރު ރަށު ކައުންސިލަރުންގެ ގޮތުގައި 951 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އަދި ސިޓީ ކައުންސިލަރުންގެ ގޮތުގައި 17 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.