07 Jan 2014, 14:02
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ށ. އަތޮޅު ކައުންސިލުގެ ކުރީގެ ރައީސް މޫސާ ފަތުހީ އާދަމް އައްޔަން ކުރައްވައިފި އެވެ.
ފަތުހީ މިއަދު ސަން އަށް ވިދާޅުވީ އޭނާ އަށް އިއްޔެ ހޯމް މިނިސްޓްރީގެ ނައިބު ކަން ދެއްވުމުން ކައުންސިލުން މިހާރު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ފަތުހީ އަކީ ޕީޕީއެމްގެ ފަރާތުން ށ. އަތޮޅު ކައުންސިލް ތަމްސީލު ކުރެއްވި މެމްބަރެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް މަގާމްތައް ފުރުއްވާފަ އެވެ.
ފަތުހީ އަށް ނާއިބުކަން ދެއްވުމާ ބެހޭ ގޮތުން ރައީސް އޮފީހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.