07 Jan 2014, 12:53
ނެޝަނަލް އިންޑަސްޓްރިއަލް އެލަޔަންސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދޫކޮށްފައިވާ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބާތިލުކޮށްފި އެވެ.
އިންޑަސްޓްރިއަލް އެލަޔަންސް އަކީ މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މުހައްމަދު ފަޔާޒު (އެފްއޭ) އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތް ކުރި ޕާޓީއެކެވެ.
އެ ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ގަވައިދުގެ ދަށުން އެ ޕާޓީ އުފެއްދުމަށް ޖެނުއަރީ 22، 2013 ވަނަ ދުވަހު މ. ނަންނާރިގެ، މުހައްމަދު ފަޔާޒަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވި އިރު ވެސް އިންޑަސްޓްރިއަލް އެލަޔަންސްއަށް ސައްހަ 10،000 މެމްބަރުން ހަމަވެފައިނުވާތީ އެވެ.
އިންޑަސްޓްރިއަލް އެލަޔަންސްގެ ހުއްދަ ބާތިލުކުރި އިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ގާނޫނުގައިވާ ގޮތަށް 10،000 މީހުން ހަމަނުވާ ދިހަ ސިޔާސީ ޕާޓީއެއް އުވާލަން ނިންމައިފަ އެވެ.