07 Jan 2014, 12:50
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވިސާ ދޫކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ، އެކިއެކި ބޭނުންތަކުގައި ޗައިނާ އަށް ދަތުރު ކުރައްވާ ދިވެހިނަށް އެގައުމަށް ދާން ބޭނުންވާ ވިސާ ދޫކުރަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ. އަދި ވިސާ ދޫކުރުމުގެ ހިދުމަތް ލިބޭނީ މާލޭގައި ހުންނަ ޗައިނާގެ އެންބަސީ އިން ކަމަށާއި އެ ހިދުމަތް ދޭނީ އެއްވެސް އަގަކާ ނުލާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މިނިސްޓްރީން ބުނީ، ޗައިނާއަށްދާ ދިވެހިންނަށް ވިސާ ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަފްތާއެއްގެ ވެސް އާދިއްތަ، އަންގާރަ އަދި ބުރާސްފަތު ދުވަހުގެ ހެނދުނު 9:00 އިން 11:00 ޖަހާއިރަށެވެ.