07 Jan 2014, 12:20
އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއަކުން ވައްކަން ކުރި ބަޔަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ވައްކަމުގެ ތުހުމަތުގައި ތިން މީހަކު ހޯދަމުން އަންނަ ކަމަށެވެ.
މީގެ ދެ ރޭ ކުރިން ހިނގި އެ ހާދިސާގައި ވައްކަން ކޮށްފައި ވަނީ ހިތަދޫގެ ދެގެއަކުން ކަމަށް ފުލުހުން ބުނެ އެވެ.
ފަތިސް ވަގުތު ވަދެ ވައްކަން ކޮށްފައި ވަނީ އެ ރަށުގައި ބިދޭސީ ޑޮކްޓަރުންތަކެއް ދިރިއުޅޭ ގެއަކުންނާއި އެރަށު ބަޔަކު ދިރިއުޅޭ ގެއަކުންނެވެ. އެއް ގެއިން ހަތަރު މޯބައިލް ފޯނާއި ފައިސާތަކެއް ވަގަށް ނަގާފައިވާ އިރު، އަނެއް ގެއިން ފޯނަކާއި ފައިސާތަކެއް ވަނީ ވަގަށް ގެންގޮސްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށެވެ.