ހދ. ކުޅުދުއްފުށީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކުޅުދުއްފުށިން 34 އަހަރުގެ މީހަކު ޑިސެމްބަރު 26 ވަނަ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެމީހާގެ ބަންދަށް 15 ދުވަސް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކުޑަ ކުއްޖާގެ ދޮން ބައްޕަ އެވެ.