މާފަންނު ގެއަކުން ވައްކަން ކުރަން ވަތް މީހަކު ވެއްޓި އަނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ސަން އަށް ބުނީ މ. މުއްދޫގެއިން މީހަކު ވެއްޓުނުކަން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 7:00 ހާއިރު ކަމަށެވެ. ނަމަވެސް އެމީހާ ވެއްޓުނީ ކިތަށްވަނަ ބުރިން ކަމެއް ނޭނގެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވަނީ އެ ގެއަށް ވައްކަން ކުރަން ވަދެގެން އުޅުނިކޮށް ވެއްޓިފައި ވަނީ އުމުރުން 27 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް މާ ބޮޑު ސީރިއަސް އަނިޔާތަކެއް އެމީހާ އަށް ލިބިފައިވާ ކަން އެނގިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މުއްދޫގެ އިން ވެއްޓުނު މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލު އައިޖީއެމްއެޗުން ވަނީ ލިބެ ގޮތް ނުވެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ މާލޭގެ ގެއަކުން މީހަކު ވެއްޓި ޒަހަމްވެފަ އެވެ. ގ. ޔޫލިން ގޭގެ ހަ ވަނަ ފަންގިފިލާ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަން ފުލުހުން ދިޔަވަގުތު އެ އެޕާޓްމަންޓުގައި ދިރިއުޅޭ 26 އަހަރުގެ ފިރިހެނަކު ފުލުހުންނަށް ފިލަންވެގެން ކުޑަދޮރުން ފޭބިވަގުތު އިމާރާތުގެ ބޭރުގައި ހަރުކޮށްފަ ހުރި އޭސީ އައުޓްޑޯޔުނިޓގެ މައްޗަށް އެރުމުން އޭތި ބިންދައިގެން ގޮސް ދެ އިމާރާތު ދޭތެރެއަށް ވެއްޓި ވަނީ އަނިޔާވެފަ އެވެ.