އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ގުޅޭ މައުލޫމާތު ދިނުމަށް ކޮމަންވެލްތު ލޯކަލް ގަވާރުމެންޓް ފޯރަމް(ސީއެލްޖީއެފް)ގެ ވަފުދެއް ރާއްޖެ ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިސްމިނިސްޓްރީން ބުނެފި އެވެ.


ސީއެލްޖީއެފްގެ އެ ވަފުދުން ރައްޔިތުން މަޖުލީހުގެ އޮފިޝަލުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކޮށް ލާމަރުކަޒީ އުސޫލުން ސަރުކާރު ހިންގުމުގެ މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.


ތިން ބޭފުޅުންގެ މައްޗަށް ހިމެނިވަޑައިގަންނަވާ އެ ވަފުދުން ލޯކަލް ކައުންސިލްގެ ގާނޫނު ތަންފީޒު ކުރާނެ ގޮތްތަކާއި ވީހާ ވެސް ކައިރިން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭނެ ގޮތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.


އެ މިނިސްޓްރީން ބުނީ އެ ވަފުދު ރާއްޖެ ޒިޔާރަތް ކުރާނީ މި މަހުގެ 14 އިން 17 އަށް ކަމަށާއި އެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ސީއެލްޖީއެފްގެ ސެކްރެޓަރީ ޖެނެރަލް، މިސްޓާ ކާލް ރައިޓް އެވެ.


ލޯކަލް ކައުންސިލް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ.