12 Dec 2010, 08:02
ތައިލެންޑްގައި ބޭއްވި "އޭޝިޔަން ކްރިކެޓް ކައުންސިލް ޓްރޮފީ ޗެލެންޖް 2010" ކްރިކެޓް މުބާރާތުން ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް ޗެމްޕިއަންކަން ހޯދުމާ ގުޅިގެން، އެ ޓީމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ޓީމަށް ތަހުނިޔާ ވިދާޅުވީ، ރޭ މުލީއާގޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ނެވެ. މިއީ މިހާތަނަށް ކުޅިވަރުގެ މުބާރާތެއްގައި ރާއްޖެއަށް ލިބުނު އެންމެ މަތީ މަގާމުކަން ރައީސް ފާހަގަކުރައްވަމުން، މީގެ ސަބަބުން ރާއްޖޭގެ ކްރިކެޓް ޓީމަށް 2011 ވަނަ އަހަރު ރޭންކިންގ ރަނގަޅުވެ އިތުރު އެތައް މުބާރާތެއްގެ ފުރުސަތު ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ބައިވެރިވީ އަށް ޤައުމެވެ. މުބާރާތް ކުޅުނީ، މުބާރާތުގައި ބައިވެރިވި އަށް ޤައުމު ދެބަޔަށް ބަހާލައިގެންނެވެ. ރާއްޖެ ހިމެނުނު ބީ ގްރޫޕްގައި ރާއްޖޭގެ އިތުރުން ކުޅުނީ ސަޢޫދީ ޢަރަބިއްޔާ، ބުރޫނާއީ އަދި ޗައިނާ އެވެ.
ފައިނަލްގައި ސަޢޫދީ ޢަރަބިއްޔާއާ ބައްދަލުކޮށް ދިވެހިރާއްޖެ މޮޅުވީ 1 ވިކެޓުންނެވެ.