06 Jan 2014, 13:18
ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އޭނާގެ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްލުމަށް ފަހު މިއަދު ފުރައިފި އެވެ.
ސުޕަ-ސްޓާ ދެމަފިރިން ކަމަށްވާ ބެކަމް އާއި އޭނާގެ އަންހެނުން ވިކްޓޯރިއާ ބެކަމް އަދި އެ ދެމަފިރިންގެ ހަތަރު ދަރިން ކަމަށްވާ ބްރުކްލީން، ރޯމިއޯ، ކްރުޒް އަދި ހާޕާ ބެކަމްއާ އެކު އާއަހަރުގެ ޗުއްޓީއަށް ރާއްޖެ އަތުވުމަށް ފަހު އެއާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވަނީ ވަން އެންޑް އޮންލީ ރީތި ރަށުގަ އެވެ.
މީގެ ކުރިން ވެސް ބެކަމްގެ ދެމަފިރިންނާއި ހަތަރު ދަރިން ވަނީ ހުސްވި 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅުގައި ވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ. އެފަހަރު ވެސް ބެކަމް ރީތިރަށް ރިސޯޓުގައި 11 ދުވަހުގެ ޗުއްޓީއެއް ހޭކުރި އިރު ބެކަމްގެ އެ ދަތުރަށް ގާތްގަނޑަކަށް 250000 ޕައުންޑު [6.3 މިލިޔަން ރުފިޔާ] ހަރަދުކޮށްފައިވާކަމަށްވެ އެވެ.
އިންގްލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އިތުރުން ދާދިފަހުން ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލުމަށް ބެޔާން މިޔުނިކް އަދި ނެދަލެންޑްސްގެ ވިންގާ އާޔެން ރޮބެން އާއި އިޓަލީގެ ގައުމީ ފުޓްބޯޅާ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަންދްރޭ ޕޮލީ އާއި އިނގިރޭސި ޕޮޕް ސްޓާ ޕިކްސީ ލޮޓް ވެސް އާއަހަރުގެ ޗުއްޓީގައި ވަނީ ރާއްޖެ އައިސްފަ އެވެ.