12 Dec 2010, 05:26
ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިވަޑައިނުގަތް، ކުރީގެ ހޯމް މިނިސްޓަރު މުހައްމަދު ޝިހާބަށް ރައީސުލްޖޫމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރުކަން ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ޝިހާބުގެ މުސާރަ އަދި ކަނޑަނާޅުއްވާ ކަމަށާއި ނަމަވެސް އާންމު ގޮތެއްގައި އެޑްވައިޒަރުންނަށް ދެއްވާ މުސާރައަކީ ސްޓޭޓް މިނިސްޓަރެއްގެ މުސާރަ ކަމަށެވެ.
އޭގެ އިތުރުން ފިޝަރީޒު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން، ހެލްތު މިނިސްޓަރު އާމިނަތު ޖަމީލާ ވަނީ ހަވާލުކުރައްވައިފަ އެވެ.