05 Jan 2014, 10:11
މެލޭޝިއާގެ ޕްރިމިއާލީގު (ދެވަނަ ޑިވިޝަން) ކްލަބެއް ކަމަށްވާ ޕޮލިސް ޑި-ރާޖާ މެލޭސިއާ (ޕީޑީއާރުއެމް)އަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް އަނިޔާވެ ތިން ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
ދަނގަޑޭ ކުޅެމުން އަންނަ ކުލަބް ކަމަށްވާ ޕީޑީއާރްއެމް އިން ބުނީ، އޭނާއަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު ކުޅުނު އެކުވެރި ކަމުގެ މެޗެއްގައި ކަނާއަތު ފައިގެ ކުޑަހުޅަށް ކަމަށެވެ.
ދަނގަޑޭ ރަސްމީ ފޭސްބުކް ޕޭޖްގައި އޭނާ އިއްޔެ ބުނެފައި ވަނީ އަނިޔާއިން ސަލާމަތް ވުމަށް ދެހަފްތާވަރު ނަގާނެ ކަމަށެވެ.
މީގެ ކުރިން މެލޭޝިޔާ ސްޕަލީގުގައި ބްރޫނާއީގެ ޓީމަކަށް ވެސް ކުޅެފައިވާ ރާއްޖޭގެ ހުނަރުވެރި ފޯވާޑް ދަނގަޑޭ ވަނީ
ޕީޑީއާރްއެމްއާ ގުޅުނުފަހުން އެޓީމުގައި ވެސް މޮޅުކުޅުމެއް ދައްކާފައެވެ.
ދަނގަޑޭ ބޭރުގެ ޓީމަކަށް މިހާތަނަށް ކުޅެފައިވަނީ މެލޭޝިއާގެ ސްޕަ ލީގުގައި ކުޅޭ ބުރޫނާއީގެ ޑީޕީއެމްއެމް އަށެވެ. ޑިސެމްބަރު 2007 ވަނަ އަހަރު ޑީޕީއެމްއެމް އަށް އޭނާ ކުޅުނީ ދެ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެފަހަރު ވެސް ދަގަނޑޭ ވަނީ މެލޭޝިޔާގެ ނޫސްތަކުގެ ފުޓްބޯޅަ ސުރުހީތަކުން ޖާގަ ހޯދި އެވެ.
ހުސްވި ސީޒަންގައި ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ހޯދި ހުރިހާ ކާމިޔާބެއްގައި މުހިއްމު ރޯލެއް އަދާކުރި ރާއްޖޭގެ އެއްނަންބަރު ފޯވާޑް ދަނގަޑޭ ވަނީ މިދިޔަ ސީޒަންގައި ގައުމީ ޓީމަށް ކުޅުނުމެޗުތަކާ އެކު ޖުމްލަ 56 ލަނޑު ކާމިޔާބު ކޮށްފައެވެ،
ސަރަހައްދީ ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވޭ ރާއްޖޭގެ ހުނަރުވެރި ފޯވާޑް ޕީޑީއާރުއެމްއާ ގުޅުނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ހުސްވި ނޮވެމްބަރު މަހު އެވެ.