އައްޑޫ ސިޓީގެ ހިތަދޫގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި އެވެ.

ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ސ. ހިތަދޫ، އެތީނާ، އިބްރާހީމް ޝާން،28 އަށް ކަމަށެވެ.

ތޫނުއެއްޗަކުން ހަމަލާދިނުމާ ގުޅިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ދިނުމަށް ރޭ ދަންވަރު 12:30 ހާއިރު އޭނާ އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޝާންގެ ކަރުގެ 2.5 އިންޗިއަށް ތޫނުއެއްޗެއް ހަރާލާފައިވާ އިރު އޭނާގެ ވައަތަށް ވެސް އެ ފުންމިނަށް ތޫނުއެއްޗެއް ހަރާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ހިތަދޫ ގެއެއްގެ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ނެވެ.