04 Jan 2014, 15:24
ގެނބިގެން 16 އަހަރުގެ އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އދ. މަހިބނަދޫ ފިޔާތޮށިގޭ، ފާތިމަތު ރިފާޝާ 16، އެވެ.
ފުލުހުން ބުނީ އދ. ކުނބުރުދޫ ކައިރީ އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެނބިގެން އެ އަންހެން ކުއްޖާ މަރުވިކަން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 1:44 ހާއިރު ކަމަށެވެ.
އަންހެން ކުއްޖާ އަދިވެސް އޮތީ ހޮސްޕިޓަލުގަ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ގެނބިފައިވަނީ އާއިލާ މީހުންނާއެކު ފިނޮޅަށް ދަތުރު ގޮސް އުޅެނިކޮށެވެ.