04 Jan 2014, 11:53
އދ. ފެންފުއްޓަށް އަރައި ވަޅިން ބިރުދެއްކުމަށްފަހު މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 11:00 ހާއިރު ފެންފުށީގައި މާރާމާރީ ހިންގަން އުޅުނު މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ތަހުގީގު ކުރިއަށްދާތީ ހައްޔަރުކުރި މީހުންގެ ވަނަވަރެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.
ފެންފުށީ ކައުންސިލްގެ ރައީސް ހުސައިން އަލީ ވިދާޅުވީ އެރަށު ބަޔަކަށް ތޫނުއެއްޗަކުން ހަމަލާދީ މާރާމާރީ ހިންގަން އުޅުނީ އެހެން ރިސޯޓަކުން އެރަށަށް ދިޔަ ފަސް މީހަކު ކަމަށާއި ބިރުދެއްކުމަށް އެމީހުން ބޭނުންކުރި ވަޅިތައް ގަނެފައި ވަނީ އެރަށު ފިހާރައަކުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށާއި އެއީ ދެބައި މީހުންގެ ދެމެދުގައި އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ.