03 Jan 2014, 15:31
އާ ހާބަރު ސަރަހައްދުގައި ހުރި ހޯލްސޭލް ފިހާރައެއް ފަޅާލައި ފައިސާތަކާއި މުދާތަކެއް ވަގަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 2:15 ހާއިރު ފަޅާލާފައި ވަނީ ހާބަރުގައި ހުންނަ ސޭލްސް ޒޯން ފިހާރަ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ފިހާރައިން ވާހަކަދެއްކި މީހަކު ބުނީ ފިހާރާ ފަޅާލާފައި ވަނީ ފުޅާރު ހަލާކުކޮށްލައިގެން ކަމަށާއި ވައްކަން ކުރަން ބޭނުންކުރި އާލާތްތައް ވެސް ފުރާޅުމަތިން ފެނިފައިވާ ކަމަށެވެ.
އޭނާ ބުނީ މިހާތަނަށް ބެލި ބެލުމުން އެނގުނު ގޮތުގައި ވަގަށް ގެންގޮސްފައި ވަނީ ގާތްގަނޑަކަށް 20،000ރ. ގެ އަގު ހުރި ސިނގިރެޓާއި ގާތްގަނޑަކަށް 12،000ރ. ގެ ވަކިލާރި ކަމަށެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން އެނގުނު ގޮތުގައި ވަގަށް ގެންގޮސްފައި ވަނީ ގާތްގަނޑަކަށް 20،000ރ. ގެ އަގުހުރި ސިނގިރެޓާއި އަދި ގާތްގަނޑަކަށް 12،000ރ. ގެ ވަކިލާރި. މީގެކުރިން ވެސް މި ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވޭ. ފުލުހުންގެ ފޮރެންސިކް ޓީމު މިހާރު އަންނަނީ ފިހާރައިގައި ހަރަކާތްތެރިވަމުން،" އެ ފިހާރައިން ވާހަކަދެއްކި މީހާ ބުންޏެވެ.