ގއ. ގެމަނަފުށިން މަހަށް ނުކުމެ އުޅުނު ދޯންޏެއް ދެ ބުރިއަށް ބިނދިއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ބިނދިފައިވާ ދޯންޏަކީ، ގެމަނަފުށީ، "އޮއެވަރު 2" ނަމަކަށް ކިޔާ ދޯންނެކެވެ. އެ ދޯނި ބިނދިފައި ވަނީ ގއ. ކޮނޑޭއާއި ދިމާލުން ބޭރުން މަސްވެރިކަމުގައި އުޅެނިކޮށެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުންވި ކަން އެނގިފައެއް ނުވެ އެވެ.

ފުލުހުން ބުނީ 15 މީހުންނާ އެކު މަހަށް ނުކުތް ދޯނި ބިނދުނު ކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ހެނދުނު 8:00 އެހާކަންހާއިރު ކަމަށާއި އެ ދޯނީގެ މީހުން ސަލަމާތް ކުރުމަށް ފުލުހުންނާއި ގެމަނަފުށީގެ އާންމު ރައްޔިތުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންނާއި ގެމަނަފުށި ރައްޔިތުންނާއި އެހިސާބުގައި މަސްވެރިކަމުގައި އުޅޭ ބައެއް ދޯނިފަހަރުގެ އެހީގައި މިހާރު ދަނީ ކަފިޖަހައިގެން ބިންދައިގެން ދިޔަ ދޯނި ގެމަނަފުއްޓަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.