11 Dec 2010, 13:06
މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑޮކްޓަ އަޙްމަދު ޝަހީދު، އެ މަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެ މަގާމު ހުސްވެފައިވާތީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ވަގުތީގޮތުން ހިންގެވުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފިއެވެ. އަދި އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދު، އެމަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން، އެޓާނީ ޖެނެރަލްގެ އޮފީސް ވަގުތީ ގޮތުން ހިންގެވުން، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް އަލްއުސްތާޛު ޙަސަން ލަޠީފާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވައިފިއެވެ.
އަދި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ އިބްރާޙިމް ދީދީ އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.